ހަނިމާދޫ ހައުސިން ޕްރޮޖެކްޓާއި ގުޅިގެން އެސްޖޭގެ ބިޑު އަލުން އިވެލުއޭޓް ކުރަން ހުކުމްކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

ހދ. ހަނިމާދޫ ހައުސިން ޕްރޮޖެކްޓުގެ މަސައްކަތް ކުރުމަށް ބަޔަކަށް ހަވާލުކޮށްފައި އޮއްވައި، އެ މަސައްކަތް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހަޅާފައިވާ ބިޑު އިވެލުއޭޓްކޮށް 20 ދުވަހުގެ ތެރޭގައި އަލުން ބިޑު އެވޯޑް ކުރުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ހަނިމާދޫގައި އަޅަން ފަށާފައިވާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ނިންމުމަށާއި އަލަށް އިމާރާތް ކުރާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް މި ނިމުނު 2021 ވަނަ އަހަރުގެ ޖުލައި 18 ގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޕްލޭނިންގ މިނިސްޓްރީން އެ މަސައްކަތް ހަވާލުކުރީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއެވެ.

އެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރިއިރު އެސްޖޭ އާއި އެ ކުންފުނީގެ ސިސްޓާ ކޮމްޕެނީ އެސްޖޭ ޓްރޭޑާސްއިން ހުށަހެޅި ޖޮއިންޓު ބިޑު، އެ ކުންފުނީގެ ފައިނޭންޝަލް ރިސޯސާސް ނުވަތަ މާލީ ފުދުންތެރިކަމާއި އެމްޕްލޯޔާސް ރިކުއާމަންޓް ހަމަނުވާތީ ކަމަށް ބުނެ އިވެލުއޭޓްކޮށްފައެއް ނުވެއެވެ.

ނަމަވެސް މިއަދު ސިވިލް ކޯޓުން ކުރި ހުކުމްގައި ވިދާޅުވެފައި ވަނީ އެސްޖޭގެ ބިޑު އިވެލުއޭޓް ނުކުރުމަށް ނެޝަނަލް ޓެންޑާ ބޯޑުން ނިންމާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންކަމުން އެސްޖޭގެ ބިޑު އަލުން އިވެލުއޭޓު ކުރުމަށާއި މިހާރު އިވެލުއޭޓްކޮށް ނިންމާފައިވާ ބިޑުތަކާއި އެސްޖޭގެ ބިޑުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތަކަށް ބިޑު އެވޯޑް ކުރުމަށް މިނިސްޓްރީ އޮފް ފައިނޭންސް އާއި ކަމާ ބެހޭ ފަރާތްތަކުގެ މައްޗަށް އަންގައި ހުކުމް ކުރާ ކަމަށެވެ.

މި މައްސަލަ ކޯޓަށް ވެއްދުމާއި ގުޅިގެން އެ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފަށާފައެއް ނުވެއެވެ.

ހަނިމާދޫގައި 48 ހައުސިންގ ޔުނިޓެއް އަޅަން ފަށާފައިވެއެވެ. ހުއްޓިފައިވާ މަސައްކަތްތައް ނިންމުމާއިއެކު އިތުރު 52 ޔުނިޓުގެ ޑިޒައިންގެ މަސައްކަތް މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ދޮންބޭޒް ޕްރައިވެޓް ލިމިޓޭޑާއި ހަވާލު ކޮށްފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ