ދިގުރަށު ބަނދަރު ފުންކޮށްފި، މަރާމާތުގެ މަސައްކަތް ކުރިއަށް

ޚަބަރު ފަހުގެ

ދިގުރަށުގެ ބެދިފައިވާ ބަނދަރު ފުންކޮށް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، އެ މަސައްކަތް ނިންމާލީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ކަމަށެވެ. އަދި އެ ބަނދަރަށް މިހާރަށް ކޮންމެހެން ބޭނުންވާ މަރާމާތުގެ މަސައްކަތްތައް މިހާރުވެސް ކުރަމުންދާ ކަމަށް ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

މަރާމާތުގެ މަސައްކަތްތަކުގެ ތެރެއިން، ވެލި އެެރުމުގެ ސަބަބުން ބެދިފައިވާ ނެރު ފުންކުރުމަށް އިތުރަށް ކޮނެ، ވެލި ނަގާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ ކުރިންވެސް އެކުންފުނިން އެފަދަ މަސައްކަތްތައް ކޮށްދީފައި ވެއެވެ. އެގޮތުން، ކޮނޮޅަހު ބަދަރަށް ވެލި އަރައި ބެދުމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެފައިވަނިކޮށް އެމްޓީސީސީން ވަނީ އެ ބަނދަރުވެސް ފުންކޮށްދީފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ