އެޕާޓްމަންޓެއް ކުއްޔަށް ދޭނެކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ނެގި ބަޔަކު ހޯދަނީ

ޚަބަރު ފަހުގެ

އެޕާޓްމަންޓެއް ކުއްޔަށް ދޭނެކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލައެއްގެ ތަހުގީގަށް ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ގަލޮޅު ޕޮލިހުން ތަހުގީގު ކުރަމުންދާ، މީހަކަށް އެޕާޓްމަންޓެއް ކުއްޔަށް ދޭނެކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ދެމީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ފުލުހުން ހޯދުމަށް އިއުލާނު ކޮށްފައިވަނީ އދ. މާމިގިލި / ނޭޕާލް، 26 އަހަރުގެ ޢާއިޝަތު މާޝާ ޝާހީން، ހއ. ހޯރަފުށި / އަޝްރަފީގެ، 33 އަހަރުގެ ނައުފަލް އަޙްމަދުއެވެ.

މިފަދަ ޚިޔާނާތުގެ މައްސަލަތައް މިފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.

ޖިނާއީ މައްސަލަތަކުގެ ތަހުގީގަށް ފުލުހުން ހޯދަން ބޭނުންވެ ތަހުގީގަށް ޗިޓު ހަވާލު ނުކުރެވޭ މީހުން އިއުލާނު ކުރުމަކީ ފުލުހުން ޤާނޫނުގެ ދަށުން ކުރަމުން އަންނަކަމެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ