އެމް 23 ސްޕޯރޓްސް ސްޓްރީޓް ސޮކަރ ކަޕް 2020 ބައިވެރި ވުމުގެ ފުރުސަތު ހުޅުވައިލައިފި

ކުޅިވަރު ފަހުގެ

އެމް 23 ސްޕޯރޓްސް ސްޓްރީޓް ސޮކަރ ކަޕް 2020 ބައިވެރި ވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. މިއަދު އެމް 23 ސްޕޯރޓްސް އޮފިޝަލް ފޭސްބުކް ޕޭޖުގައި މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައި ވާކަން ވަނީ ހާމަ ކޮށްފައެވެ.

މި މުބާރާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ހަސަން ގޮށްކޮޅަށް މައުލޫމާތު ހިއްސާކުރަމުން ވިދާޅުވީ މިއީ އެމް 23 ސްޕޯރޓްސްގެ ފަރާތުން މިފަދަ މުބާރާތެއް ހަނިމާދޫގައި އިންތިޒާމުކުރާ ފުރަތަމަ ފަހަރުކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި މުބާރާތުގައި ބައިވެރި ވުމަށް 8 ކުޅުންތެރިންނާއި 3 އޮފިޝަލުން ހިމެނޭހެން ޓީމް ތައްޔާރު ކުރަން ޖެހޭއިރު، ބައިވެރި ވުމުގެ ފީއެއްގެ ގޮތުގައި 700 ރުފިޔާ ކޮންމެ ޓީމަކުން ދައްކަން ޖެހެޔެވެ. މިފައިސާ ބޭނުން ކުރާނި ހަމައެކަނި މުބާރާތް ހިންގުމަށް ކަމަވެސް މުހައްމަދު ހަސަން މައުލޫމާތު ދެއެވެ.

އެމް 23 ސްޕޯރޓްސް ސްޓްރީޓް ސޮކަރ ކަޕް 2020ގައި ހޮވާ މަގާމު ތަކަކީ ޗެންޕިއަން ޓީމް، ރަނަރަޕް ޓީމް، އަދި މުބާރާތުގެ އެންމެ މޮޅު 5 ކުޅުން ތެރިންނެވެ. މުބާރާތް ކުޅޭނީ ނޮކްއައުޓް އުސޫލުންތޯ ނުވަތަ ލީގު އުސޫލުންތޯ ކަނޑަ އަޅާނީ ބައިވެރިވާ ޓީމްގެ އަދަދަށް ބަލާފައެވެ.

މި މުބާރާތް ކޮވިޑް 19 ބަލިމަޑު ކަމުގެ މިދުވަސް ވަރު ބާއްވާތީ ރަށުން ބޭރު ޓީމް ތަކަށް ފުރުސަތު މިފަހަރު ނުދޭން ނިންމާފައި ވީމަނަމަވެސް ހަނިމާދޫ ގައި ދިރިއުޅޭ ރަށުން ބޭރު ކުދިނަށް ބައިވެރި ވެވޭނެ ކަމަކަމަށް މުހައްމަދު ހަސަން ވިދާޅުވިއެވެ.

މުބާރާތް މިއަންނަ މަހުގެ 2 ވަނަދުވަހު ފެށުމަށް ތައްޔާރު ވަމުން ދާއިރު މި މަހުގެ 31 ވަނަދުވަހާއި ހަމަޔަށް ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވައި ލެވިފައެވެ. ބައިވެރި ވުމަށް ޓަކައި 9965565 ނުވަތަ 9148056 މިނަންބަރު ތަކަށް ގުޅައިގެން ކުރިޔަށް ގެންދެވޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ