ގެއްލުނު ”އަލަމާ 5“ ދޯނީގެ ބައެއް ސާމާނު އޮޔާދަނިކޮށް ފެނިއްޖެ

ޚަބަރު ފަހުގެ

ގެއްލިގެން ހޯދަމުން އަންނަ ”އަލަމާ 5“ ދޯނިން ކަނޑަށް ދޫވެ އޮޔާދާ ކަމަށް ބެލެވޭ ސާމާނުތަކެއް ފ.އަތޮޅުގެ އުތުރުން 1 ނޯޓިކަލް މޭލު ބޭރުން، ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ ދޯނިން ދަތުރު ކުރި މީހުންގެ ހަބަރެއް އަދިވެސް ނުވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ދ. މީދޫ ”އަލަމާ 5“ އަކީ، މާލޭގައި ފާނަ ގަތުމުގެ މަސައްކަތް ކުރާ ކުންފުންޏަކަށް ކުއްޔަށް ދީފައި އޮންނަ ދޯންޏެކެވެ.

އެ ދޯނި އަޑިޔަށް ދާ ކަމަށް ބުނެފައި ވަނީ ވ. ފުއްސަރާ ދިމާ ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލު ބޭރަށެވެ. އެ ދޯނި އަޑިޔަށްދާ ކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބުނީ ރޭ 11:22ގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ