އާރުބީޖީ ސްޕޯޓްސް ކުލަބަށް 100 މެމްބަރުން ހަމަކޮށްފި

ޚަބަރު ފަހުގެ

”އެންމެނާއިއެކު ސަތޭކަ” މިނަމުގައި އެކުލަބަށް 100 ވަނަ މެމްބަރު ސޮއިކުރުމުގެ ހާއްސަ ރަސްމިއްޔާތުގައި 100 ވަނަ މެމްބަރަށް ހާއްސަ ހަދިޔާތަކެއްވެސް ވަނީ ހަވާލުކޮށްފައެވެ.

އާރުބީޖީ ސްޕޯރޓްސް ކުލަބަށް 100 ވަނަ މެމްބަރެއްގެ ގޮތުގައި ސޮއިކޮށްފައިވަނީ އއ.ބޮޑުފޮޅުދޫ ދަނބުމާގޭ މުރުތަލޯ އަހުމަދުއެވެ. 100 ވަނަ މެމްބަރުގެ ފޯމާއި ހަވާލުވެ، އެ މެމްބަރަށް ހަދިޔާ ހަވާލުކޮށްދެއްވީ އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ނައިބު ރައީސް ހަސަން ނާފިއުއެވެ.

އިޝްތިހާރު
އިޝްތިހާރު

ކުލަބުގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ ކުލަބަށް މެމްބަރުން އިތުރުވެގެން ދަނީ ކުލަބުން ހިންގާ ކާމިޔާބު ހަރަކާތްތަކުގެ ސަބަބުން ކަމުގައި ޤަބޫލް ކުރެވޭކަމަށެވެ. މިހާރު އެ ކުލަބުން ތައްޔާރުވަމުން ދަނީ 14 ޑިސެމްބަރ 2022 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ، އެ ކުލަބުގެ 2 ވަނަ އަހަރީ އާންމު ޖަލްސާއަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ