މެރީ ބްރައުންއާއެކު ހުޅުމާލޭގައި ގިނަ ފުޑް އައުޓްލެޓްތަކެއް ހުޅުވަން ތައްޔާރުވެއްޖެ

ޚަބަރު ފަހުގެ

މޭރީބްރައުންއާއެކު ހުޅުމާލޭގައި މަތީ ފަންތީގެ ގިނަ ފުޑް އައުޓްލެޓްތަކެއް ހުޅުވަން ތައްޔާރު ވެއްޖެއެވެ.

ރާއްޖެއަށް ގިނަ ފްރެންޗައިޒްތަކެއް ގެނެސް ދިނުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އާމިރު މަންސޫރު ވިދާޅުވީ މި މަހުގެ 15 ގައި މޭރީބްރައުންގެ އާ އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވާނެކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އާމިރު ވިދާޅުވީ މޭރީބްރައުން ހަދަނީ އޯޕަން އެއާ އޭރިއާއެއް ވެސް ހިމެނޭ ގޮތަށްކަމަށާއި ގްރައުންޑާއެކު ދެ ފްލޯ ހިމެނޭ ގޮތަށްކަމަށެވެ. މީގެއިތުރުން މާލޭގައި ހިންގާ ސީކްރެޓް ރެސިޕީ އާއި ޕިއްޒާ މިއާވެސް މިތަނުގައި ހުޅުވާނެކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ހުޅުމާލޭ މޭރީބްރައުން ހުޅުވަން ތައްޔާރު ވަނީ ހުޅުމާލެ ފެރީ ޓާމިނަލްއާ އިންވެގެން އޮންނަ ލަގްޒަރީ ފްލެޓުތައް ކުރިމައްޗަށްވާ ގޮތަށް އަތިރި މަތީގައެވެ. މި އިމާރާތުގައި މޭރީބްރައުންގެ އިތުރުން މަތީ ފަންތީގެ ހަތް ބްރޭންޑެއްގެ ފުޑް އައުޓްލެޓް ހުންނާނެއެވެ.

އާމިރު ވިދާޅުވިގޮތުގައި އެތަނުގައި ހުޅުވާ މަތީ ފަންތީގެ ފުޑް އައުޓްލެޓްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭނެ ތަނަކީ އިނގިރޭސިވިލާތުގެ ކޮފީރިޕަބްލިކް (ސީއާރު) އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ