ކޮވިޑް19 ޖެހިގެން 71 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ

ޚަބަރު ފަހުގެ

ރާއްޖެއިން ކޯވިޑް-19ޖެހުނު އިތުރު މީހަކު ނިޔާވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ މި ބަލީގައި މިއަދު ނިޔާވެފައިވަނީ އުމުރުން 71 އަހަރުގެ ދިވެއްސެއް ކަމަށެވެ. މިއާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 16އަށް އިތުރުވެފައެވެ.

އެޗްޕީއޭއިން ވިދާޅުވީ މި މީހާ ނިޔާވެފައިވަނީ މިއަދު މެންދުރު 1:38ގައި ކަމަށެވެ. އެ މީހާއަކީ މިއަދު ހެނދުނު ނޭވާ ލުމުގައި ދަތިތަކެއް ދިމާވެގެން ފަރުވާ ހޯދުމަށް އައިޖީއެމްއެޗަށް ދިޔަ މީހެއް ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖެއިން މި ބަލީގައި އެންމެ ފަހުން ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯދަމުންދިޔަ މީހެކެވެ.

ކޯވިޑް-19ގައި މިއަދު ނިޔާވި މީހާއާއެކު، މިހާތަނަށް ރާއްޖެއިން 10 ދިވެހިންނާއި 6 ބިދޭސީންވަނީ ނިޔާވެފައެވެ. ކޯވިޑް-19ގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވެފައިވަނީ އޭޕްރިލް މަހުގެ 29ވަނަ ދުވަހުއެވެ. އެއީ 83އަހަރުގެ އަންހެނެވެ. މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެތެރޭގައި ގިނައިން ހިމެނެނީ ޢުމުރުން ދުވަސްވީ މިހުންނެވެ. މީގެތެރޭގައިވެސް އެހެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން އިތުރެވެ. އެންމެ ޢުމުރުން ދުވަސްވީ މީހަކަށް ރާއްޖޭގައި ނިޔާވެފައިވަނީ ޢުމުރުން 89 އަހަރުގެ އަންހެނެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ