ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރު ކުރުމާއި އެކީ އެކަން ތަންފީޒު ކުރުމަށް ފުލުހުން ނުކުމެއްޖެ

ޚަބަރު ފަހުގެ

ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮވިޑުން ރައްކާތެރިވުމަށް މާސްކު އެޅުން މަޖުބޫރު ކުރުމާއި އެކީ އެކަން ތަންފީޒު ކުރުމަށް ފުލުހުން ނުކުމެއްޖެއެވެ.

ރާއްޖޭން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި ރައީސް އޮފީހުން ވަނީ ހުރިހާ ރަށެއްގައި ވެސް މާސްކު އެޅުން މަޖުބޫރުކޮށް، މާސްކު ނާޅާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ފުލުހުންނަށް އަންގާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެކަމާއި ގުޅިގެން ފުލުހުން މިރޭ ކުރި ޓުވިޓެއްގައި ވިދާޅުވީ، ރާއްޖެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަތިވަމުންދާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު މާސްއެޅުން ވަނީ މަޖުބޫރު ކުރެވިފައި ކަމަށެވެ. އެހެން ކަމުން އެކަން ތަންފީޒުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ ކަމަށް އެ ޓުވިޓުގައި ވަނީ ބުނެފައެވެ.

އެޓުވިޓުގައި ފުލުހުން ވަނީ ތިމާއާއި އަނެކާގެ ރައްކާތެރިކަމަށްޓަކައި ބޭރުގައި އުޅުއްވާއިރު އެންމެން ވެސް މާސްކު އެޅުމަށް ހަނދުމަކޮށްދެއްވާފައެވެ.

https://twitter.com/PoliceMv/status/1479115421647212547?t=XqUbO7E7cjjxISVUJpeGqA&s=19
އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ