ވޯޓުލާންވީ ޤައުމުގެ ޚާއިނުންނާއި ޣައްދާރުންނާއި ދެކޮޅަށް: ޢަބްދުއްރަޙީމް

ފަހުގެ ސިޔާސީ

ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ވޯޓުލާންވީ ގައުމުގެ ޚާއިނުންނާއި، ޣައްދާރުންނާއި ދެކޮޅަށްކަމަށް އިިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕޭން ލޯންޗުކުރުމަށް ކޮމަންޑޫގެ އެމްޑީޕީ ހަރުގޭގެ ކުރިމަތީގައި ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ޞާލިޙް ވިދާޅުވީ ވޯޓުލާން ވާނީ ޑްރަގްގެ ވިޔަފާރިއާއި، ވަގު ވިޔަފާރިއާއި، ބަޣާވާތާއި، ދައުލަތުގެ ފައިސާއިން މަނީ ލޯންޑާކުރުމާ ދެކޮޅަށް ކަމަށާއި، އެ ހުރިހާކަމަކަށް ނޫނެކޭ ބުނާނެ ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދު ކަމަށެވެ.

މި ގޮތުން އަދުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ވޯޓު ލާންވީ ޤައުމުގެ ޚާއިނުންނާއި، ޣައްދާރުންނާއި ދެކޮޅަށް ކަމަށެވެ. އަދި ހަމައެހެންމެ އަޅުވެތިކަމަށް ނޫނެކޭ ބުނެ، ބާޠިލު ދީންތަކަށް ފުރުސަތު ނުދިނުމަށް ކަމަށެވެ.

ހަމައެހެންމެ ދީނާއި، މިނިވަންކަމުގެ ދިފާޢުގައި އަމިއްލަ ފަސްގަނޑުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ނުވުމަށް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ