ކުޑަމުރައިދޫއަށް ދަތުރު ދިޔަ ދޯންޏެއްގެ އިންޖީނު ހުއްޓިއްގެން އެމްއެންޑީއެފުން އެހީތެރިވެއްޖެ

ޚަބަރު ފަހުގެ

ހދ. ކުޑަމުރައިދޫއަށް ދަތުރު ދިޔަ ބަޔަކު ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓިއްގެން އެމްއެންޑީއެފުން އެހީތެރިވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ކުޑަމުރައިދޫއަށް ދަތުރުދިޔަ ބަޔަކު ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓުމާއި ގުޅިގެން އެ އިދާރާގެ ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ދޯންޏަކީ “ފެމެލީ” ކިޔާ ދޯންޏެކެވެ. އެ ދޯނި އިންޖީނު ހުއްޓުނީ ކުޑަމުރައިދޫއިން ފުރައިގެން ކުޅުދުއްފުށީ ސިޓީއަށް ދަތުރުކުރި މަގުމަތީގައި ކަމަށް އެމްއެންއެންޑީއެފުން ވިދާޅުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ