ރައީސް އީދު ތަޙުނިޔާ ފޮނުއްވައިފި

ޚަބަރު ފަހުގެ

ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަޙުނިޔާއާއި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުރިހާ ރައްޔިތުންނަށް ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޢީދުގެ ތަޙުނިޔާގެ މެސެޖުގައި ވަނީ މި ޢީދަކީވެސް ތިމާގެކަމުގެ ގުޅުންތައް ބަދަހިކޮށް، އިޖްތިމާޢީ ބަދަހިކަން ދިރުވައި އާލާވެގެންދާނެ ޢީދެއް ކަމުގައި ލެއްވުން އެދި ދުޢާ ދަންނަވާފައެވެ.

އަޞްހާ އީދު މިއަހަރު ދިމާވެފައި މިވަނީ ކޯވިޑް-19ގެ ބަލިމަޑުކަން ރާއްޖެއާއި ދުނިޔޭގެ ޤައުމުތަކަށް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އެހެންކަމުން ޢީދުގެ އުފާފާޅުކުރުންތައް މިއަހަރު ނުބާއްވާގޮަތަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި އިޖްތިމާޢީ އެއްވެސް އެއްވުމެއް ނުބޭއްވުމަށް ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި މާލެ ސަރަހައްދުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ނުކުރާގޮތަށްވެސް ވަނީ ނިންމާފައެވެ. ނަމަވެސް އަތޮޅު ތެރޭގެ ރަށްރަށުގައި ޢީދުގެ އުފާ ފާޅުކުރުތައްވެސް ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ކަނޑައަޅށަފައިވާ ގައިޑްލައިނާ އެއްގޮތްވާގޮތަށް ކުރިއަށް ގެންދެވޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ