ރާއްޖޭގައި ހިންގާ ވިޔަފަރިތައް ގިންތިކުރާނެ ގޮތުގެ ގަވާއިދު ނެރެފި

ޚަބަރު ފަހުގެ

ރާއްޖޭގައި ހިންގާ ވިޔަފާރިތައް ގިންތިކުރާނެ ގޮތުގެ ގަވާއިދު އިކޮނޮމިކް މިނިސްޓްރީއިން އާންމުކޮއްފިއެވެ.

ކުދި އަދި މެދުފަންތީގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މި ގަވާއިދުގައި އެންމެ ކުދި ފަންތީގެ ވިޔަފާރިއާއި، މެދުފަންތީގެވިޔަފާރިއާއި ކުދި ވިޔަފާރި ގިންތިކުރާނެ ގޮތް ބަޔާންކޮށްފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ގަވާއިދުގައިވާގޮތުން ވަކި ގިންތިއަކަށް ވިޔަފާރިތައް ކަނޑައެޅުމުގައި ބަލާނީ އެ ވިޔަފާރިއަކުން ފޯރުކޮށްދޭ ހިދުމަތްތަކަށެވެ.

ވިޔަފާރި ގިންތިކުރާނެ ގޮތް

  • އެންމެ ކުދި ވިޔަފާރި (0-5 މުވައްޒަފުން) އާމްދަނީ ފަސް ލައްކަ، ސާފު ފައިދާ 75،000ރ
  • ކުދި ވިޔަފާރި (6-30 މުވައްޒަފުން) އާމްދަނީ ފަސް ލައްކަ ރުފިޔާއިން ފަސް މިލިއަނާ ހަމައަށް، ސާފު ފައިދާ 75،000ރ. އާއި 750،000ރ. އާ ދެމެެދު
  • މެދު ވިޔަފާރި (31-100 މުވައްޒަފުން) ފަސް މިލިއަން ރުފިޔާއާއި 20 މިލިއަން ރުފިޔާއާ ދެމެދު، ސާފު ފައިދާ 750،000ރ. އާއި ތިން މިލިއަން ރުފިޔާއާ ދެމެދު

މި ގަވައިދު ނެރުމާއެކު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް އަދި ވަޒީފާއާ ބެހޭ ގާނޫނު ތަންފީޒުކުރާ އިދާރާ އިން ލިބޭ މައުލޫމާތަށް ބިނާކޮށް، ކޮންމެ އަހަރެއްގެ އޯގަސްޓު މަސް ނިމުމުގެ ކުރިން ވިޔަފާރިތަކަށް ދީފައިވާ ގިންތިތައް އިކޮނޮމިކް މިނިސްޓްރީއިން މުރާޖައާކުރާނެއެވެ. އަދި އެއަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ އެ ބަދަލު އެނގޭނެ ގޮތަށް އެ ވިޔަފާރިއެއްގެ ގިންތި ރިކޯޑު ކުރަން ޖެހެއެވެ.

މީގެއިތުރުން ވިޔަފާރިއެއް ގިންތިކުރުމަށް ބޭނުންވާ ވިޔަފާރިތަކަށް ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ