މައުލޫމާތު ފޯރުކޮށްދިނުމަށް ޖެހިލުންވަނީ ކުރީއްސުރެ އޮތް އާދަކާދައިގެ ސަބަބުން – އިންފޮމޭޝަން ކޮމިޝަނަރު އާހިދު

ޚަބަރު ފަހުގެ

މައުލޫމާތު ފޯރުކޮށްދިނުމަށް އިދާރާތަކުން ޖެހިލުންވަނީ ކުރީއްސުރެ އޮތް އާދަކާދައެއްގެ ސަބަބުން ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ “ފަލަސުރުޚީ” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އާހިދު ވިދާޅުވީ، މިހާރުވެސް އިދާރާތަކުން މައުލޫމާތު ފޯރުކޮށްދިނުމަށް ކޮންމެވެސް ވަރަކަށް ޖެހިލުންވާ ކަމަށާއި ބައެއް ފަހަރު އިދާރާތަކުން އެ މައުލޫމާތަކީ އެ އިދާރާއިން ހާމަކުރަން ބޭނުންވީމާ ހާމަކުރަން ޖެހޭ މައުލޫމާތުކަމަށް ހީވެފައި އޮންނަ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އާހިދު ވިދާޅުވީ މައުލޫމާތު ހާމަކުރުމުގެ ސަބަބުން އިދާރާތަކަށް އޭގެ ގެއްލުމެއް ނުކުރާނެ ކަމަށާއި، އެކަމަކު އިދާރާއަކުން މައުލޫމާތު ހާމަނުކުރާން އުޅޭއިރު އެހެން ފަރާތަކުން އެ މައުލޫމާތު ހާމަކޮށްފިނަމަ އޭގެ ސަބަބުން އެ އިދާރާއަކަށްވެސް ލިބޭ ގެއްލުން މާބޮޑުވާނެ ކަމަށެވެ.

އާހިދު ވިދާޅުވީ ގިނަ ފަހަރު އިދާރާތަކުން މައުލޫމާތު ހާމަކުރަން ފަސްޖެހެނީ ކުރީއްސުރެ އޮތް އާދަކާދައެއްގެ ސަބަބުން ކަމަށާއި، އެކަން ބަދަލުވާން ޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި މިހާރު މި ފެންނަނީ އިދާރާތަކުން އިސް ނަގައިގެން މައުލޫމާތު އާންމުކުރަން އަހައްމިއްޔަތުކަން ދޭންޖެހޭ މިންވަރަށް އަހައްމިޔަތުކަން ނުދޭތަން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ