އިންޑިއާއައުޓް ހަރަކާތަށް ރައީސް ޔާމިން ފުނަދުއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް

ޚަބަރު ފަހުގެ

ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމު ށ.ފުނަދުއަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އިސް ލީޑަރު ރައީސް ޔާމިން ފުނަދުއަށް ވަޑައިގަތީ މީގެ އިރުކޮޅެއް ކުރިންނެވެ. އެ މަނިކުފާނުގެ އަރިހުގައި އިދިކޮޅު ކޯލިޝަންގެ ލީޑާރޝިޕްގެ ބޭފުޅުން ވެސް ވަޑައިގެންނެވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ޔާމިން ފުނަދުއަށް ވަޑައިގަތުމުން އެ ރަށުގެ ދެ ޖިންސުގެ ގިނަ ބަޔަކު ވަނީ މަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. މުޅި ސަރަހައްދު ވަނީ ރަތް ކުލައިން ޒީނަތްތެރިކޮށްފައެވެ. ތަރުހީބު އަތްތިލަބަޑީގެ އަޑުން ގުގުމައިލާފައެވެ.

ރައީސް ޔާމިންގެ ފުނަދުއަށް ވަޑައިގަތީ އެ ރަށުގެ ރައްޔިތުން އިންތިޒާމުކުރާ އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ