އެފްއޭ ކަޕްގެ ޗެމްޕިއަންކަން އާސެނަލް އިން ހޯދައިފި

ކުޅިވަރު ފަހުގެ


ވާދަވެރި ޗެލްސީ ފަހަތުން އަރައި ބަލިކޮށް އާސެނަލްއިން 14 ވަނަ ފަހަރަށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ. މި ތަށި ވެގެންދާނީ ތާރީހުގެ ތެރެއިންފާހަގަ ކޮށްލެވޭނޭ ތައްޓަކަށެވެ.

އެގޮތުން މި މެޗު ކުޅެވިގެން ދިޔައީ އެއްވެސް ސަޕޯޓަރަކު ނުވައްދާކަން ފާހަގަ ކުރެވެއެވެ. އެހެން ކަމުން މިއީ އެފްއޭ ކަޕް ފައިނަލެއް ސަޕޯޓަރުން ނުލާ ކުޅުނުފުރަތަމަ ފަހަރެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ހަމަ އެހެންމެ މިއީ މައިކަލް އާރޓެޓާ އަާސެނަލް އާއި ހަވާލުވީ ފަހުން ހޯދި ފުރަތަމަ ކާމިޔާބީކަން ފާހަގަ ކޮށްލެވެއެވެ.

މި މެޗުގައި ޗެލްސީ އިން ފުރަތަމަ ގޯލް ކާމިޔާބު ކޮށްފައިވާއިރު މެޗުގެ 6 ވަނަ މިނެޓުގައި މި މެޗު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓިއަން ޕުލިސިކް އެވެ.

އާސެނަލް އިން ޖެހި ދެ ގޯލް ވެސް ކާމިޔާބު ކޮށްދިނީ ޕީރެ އެމެރިކް އަބާމެޔަންގްއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ