ގާނޫނު ތަންފީޒު ކުރާ، ޔުނީފޯމު ލީ މުވައްޒަފުންނަށް ޕާސްޕޯޓް ދޫކުރުމަށް ވަކިން ހާއްސަ ކައުންޓަރެއް ހަދައިފި

ޚަބަރު ފަހުގެ

ގާނޫނު ތަންފީޒު ކުރާ، ޔުނީފޯމު ލީ މުވައްޒަފުންނަށް ޕާސްޕޯޓް ދޫކުރުމަށް ވަކިން ހާއްސަ ކައުންޓަރެއް ހަދައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ، އެ ދާއިރާގެ މުވައްޒަފުންނަށް ޕާސްޕޯޓް ދޫކުރަން ހާއްސަ ކައުންޓަރެއް ހަމަޖެއްސީ، އެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އޭގެ އިތުރުން ޑިއުޓީ ގަޑީގައި އެ މުވައްޒަފުން ހޭދަކުރާ ވަގުތަކީ ރައްޔިތުންނާ ގުޅުން ހުރި ނާޒުކު އަދި މުހިންމު މަސައްކަތްތަކެއް ކުރުމުގައި އަވަދިނެތި އުޅޭ ބަޔަކަށް ވުމުން، އެފަރާތްތަކުން ޕާސްޕޯޓް ހިދުމަތް ހޯދުމަށް ލުއި ގޮތްތަކެއް ހަމަޖެއްސުމުގެ ބޭނުމުގައި ކަމަށްވެސް ބުންޏެވެ.

އިމިގްރޭޝަނުން ބުނީ، އެތަންތަނުގެ މުވައްޒަފުން އޮންލައިންކޮށް ޕާސްޕޯޓު ހެއްދުމުގެ މަރުހަލާ ނިންމުމަށްފަހު، ޕާސްޕޯޓް ބަލައި އެ އިދާރާއަށް ހާޒިރުވާ އިރު، އޮފީސް ކާޑު ހިފައިގެން ދިއުމަށް އެދޭ ކަމަށެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ