އެމް 23 ސްޕޯރޓްސް ސްޓްރީޓް ސޮކަރ ކަޕް 2020 ފަށައިފި

ހަނިމާދޫ ކުޅިވަރު ފަހުގެ

އިއްޔެ ހަވީރު ހަނިމާދޫ ރަސްމީ ބޯޅަދަޑުގައި ގާއިމު ކޮށްފައިވާ ފުޓްސަލް ދަނޑުގައި އެމް 23 ސްޕޯރޓްސް ސްޓްރީޓް ސޮކަރ ކަޕް 2020 ފަށައިފިއެވެ.

މިމުބާރާތް ހުޅުވި ރަސްމިއްޔާތު ޝަރަފު ވެރި ކޮށްދެއްވާފައި ވަނީ ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުލް ސަލާމް ޢަލީ އަދި ޒިންމާދާރު ވެރިޔާ އިބްރާހިމް ޢަލީގެ އިތުރުން ބުރޭކް ޓައިމްގެ ފަރާތުން އިދުރީސް އަބުދުﷲ އެވެ.

އިޝްތިހާރު
އިޝްތިހާރު

މުބާރާތް ހުޅުވި މެޗުގައި ބައްދަލު ކުރީ ހޮވާލި އާއި ބުނެލާނަން-1 ކެވެ. މި މެޗު 0 – 9 ކުން ކާމިޔާބު ކުރީ ބުނެލާނަން-1 ކެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ ވިކިލާނެ އާއި ހުދަންބަރެވެ. މިމެޗު 4 ލަޑުން ކާމިޔާބު ކުރީ ވިކިލާނެއެވެ.

އެމް 23 ސްޕޯރޓްސް ސްޓްރީޓް ސޮކަރ ކަޕް 2020 ކުޅެމުން ދަނީ 3 ގުރޫޕަކަށް ބަހައިލާގެންނެވެ. ގުރޫޕް އޭ އަދި ބީ އިން ފުލުގައި އޮންނަ ދެ ޓީމް ކަޓާއިރު ގުރޫޕް ސީ އިން އެއްޓީމް ކަޓާނެއެވެ. މުޅިޖުމްލަ 14 ޓީމް މި މުބާރާތުގައި ވާދަކުރެއެވެ.

މިއަދުވެސް މިމުބާރާތުގެ 2 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. 16:15 ގައި ބައްދަލު ކުރާނީ ޝީލްޑް އާއި ރޫހު ބޯއީސް-1 ކެވެ. 17:15 ގައި ބައްދަލު ކުރާނީ އަފުނޯސް އަދި ހަނީ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ