ރައީސް ނަޝީދު، ރާޖަޕަކްސައާ ބައްދަލުކުރައްވައިފި

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުން ކުރިއަށް ގެންގޮސްފައިވަނީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގަ އެވެ. ނަމަވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ނަޝީދު ލަންކާ އަށް ވަޑައިގެންނެވީ ފަސްވަނަ ސްރީލަންކާ ޔޫތު ޕާލަމެންޓުގެ ދެވަނަ ސެޝަންގައި ޝަރަފުވެރި މެހެމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވުމަށެވެ.

މި ސެޝަނަކީ ލަންކާގެ ޒުވާނުންގެ ލީޑަޝިޕްގެ ހުނަރުތައް އަށަގެންނެވުމަށާއި، އެ ހުނަރުތައް ދަސްކޮށްދިނުމުގެ މަގުސަދުގައި ނޭޝަނަލް ޔޫތް ސާވިސަސް ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ސެޝަނެކެވެ.

މި ދަތުރުފުޅުގައި ލަންކާގެ އިސްވެރިން އަދި އެގައުމުގެ އޮފިޝަލުންނާއި ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކާ ނަޝީދު ބައްދަލުކުރައްވާނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ