ޔާމީން ރަޝީދު މެރިކަމުގެ ކުށް ދެ މީހެއްގެ މައްޗަށް ސާބިތުވެއްޖެ

ޚަބަރު ފަހުގެ

ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވަައި ފެނުނު ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހ. އަންނާރުމާގޭ/ އިސްމާއިލް ހައިޝަމް އާއި މ. އިރާސްމިކުގެ/ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އޭޕްރީލް، 2017 ގައި ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

އިޝްތިހާރު
އިޝްތިހާރު

ދައުލަތުން މީގެކުރިން ކޯޓުގައި ބުނެފައިވަނީ ޔާމީން ރަޝީދު މަރާލީ އޭނާއަކީ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ މީހެއް ކަމަށް ދެކިގެން ކަމަށާއި، އޭނާއަށް ހަމަލާ ދީފައިވަނީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ބައެއްކަމަށެވެ. އަދި ޔާމީން ރަޝީދު ދިރިއުޅޭ ގޭގެ ސިޑި ގޮޅީގައި އޭނާގެ ގައިގެ 30 ތަނަކަށް ވަޅި ޖަހާ މަރާލީ ހައިޝަމާއި ޒިހާން ކަމަށާއި، އެވަގުތު އެގޭގެ ބޭރުގައި ފާރައަށް ހުރީ ދަޢުވާލިބޭ އިސްމާއިލް ރަޝީދު ކަމަށް ވެސް ދައުލަތުން ވަނީ ޝަރީއަތުގައި ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ