ބުރުންޑީއާއެކު ޚާރިޖީ ގުޅުން ޤާއިމުކޮށްފި

ޚަބަރު ފަހުގެ

ރިޕަބްލިކް އޮފް ބުރުންޑީއާއެކު ދިވެހިރާއްޖޭން ޚާރިޖީ ގުޅުން ރަސްމީކޮށް ޤާއިމުކޮށްފިއެވެ.

ބުރުންޑީއާއެކު ޚާރިޖީ ގުޅުން ރަސްމީކޮށް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ އ.ދ އަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ޕާމަނެންޓް ރެޕްރެޒެންޓޭޓިވް ތިލްމީޒާ ހުސައިންއެވެ. ބުރުންޑީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެޤައުމުގެ ޕާމަނެންޓް ރެޕްރެޒެންޓޭޓިވް ޒެފެރިން މާނިރާ ޓާންގާއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނިއުޔޯކުގައި ހުންނަ ރާއްޖޭގެ ޔޫއެން އޮފީހުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

ގިނަ ޤައުމުތަކަކާއެކު ޚާރިޖީ ގާތް ގުޅުމެއް ބޭއްވުމަކީ އަދުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަރަށް މުހިންމު ސިޔާސަތެކެވެ.

މި ޤާއިމުކުރެވުނު ގުޅުމުގެ ސަބަބުން ދެޤައުމު އެކުގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ. ރާއްޖެއިން ބުރުންޑީއާއެކު ޤާއިމުކުރި މިޚަރިޖީ ގުޅުމާއެކު ރާއްޖެއިން ރަސްމީ ސިފައެއްގައި ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވާ ޤައުމުތަކުގެ އަދަދު ވަނީ 179ށް އަރާފައެވެ.

ބުރުންޑީއަކީ އެފްރިކާ ސަރަހައްދުގައި އޮންނަ ޤައުމެކެވެ. އެޤައުމުގައި ގާތްގަނޑަކަށް 11.89 މިލިއަން މީހުން އަންނަނީ ދިރިއުޅެމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ