ކޯވިޑްގައި އަނެއްކާވެސް ދިވެއްސެއް ނިޔާވެއްޖެ

ޚަބަރު ފަހުގެ


ކޯވިޑް-19އަށް ޕޮޒިޓިވްވެ ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

މި ބަލީގައި ނިޔާވެފައިވަނީ ޢުމުރުން 80 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 19ވަނަ މީހާއެވެ. މިމީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ މީހެކެވެ.

އިޝްތިހާރު
އިޝްތިހާރު

އެޗްޕީއޭއިން ވިދާޅުވީ މި މީހާ ނިޔާވެފައިވަނީ މިއަދު 9:30ގައި ކަމަށެވެ. ކޯވިޑް-19ގައި މިއަދު ނިޔާވި މީހާއާއެކު، މިހާތަނަށް މި ބަލީގައި ރާއްޖެއިން 13 ދިވެހިންނާއި 6 ބިދޭސީންވަނީ ނިޔާވެފައެވެ.

ކޯވިޑް-19ގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވެފައިވަނީ އޭޕްރީލް މަހުގެ 29ވަނަ ދުވަހުއެވެ. އެއީ 83 އަހަރުގެ އަންހެނެކެވެ. އެންމެ ޢުމުރުން ދުވަސްވީ މީހަކަށް ރާއްޖޭގައި ނިޔާވެފައިވަނީ ޢުމުރުން 89 އަހަރުގެ އަންހެނަކާއި ފިރިހެނެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ