ބައި އިލެކްޝަނުގައި އެމްޑީޕީއަށް ތާއީދުކުރަން އަދާލަތުން ނިންމައިފި

ޚަބަރު ފަހުގެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމްނަޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީ ކެނޑިޑޭޓު މުޙައްމަދު ރާޝިދަށް ތާޢީދުކުރަން އަދާލަތު ޕާޓީން ނިންމައިފިއެވެ.

އަދާލަތުން ތާއީދު ކުރާނެ ކެނޑިޑޭޓަކު ކަނޑައެޅުމަށްޓަކައި މިއަދު ބޭއްވި އެ ޕާޓީގެ ތިންވަނަ ދަޢުރުގެ 10 ވަނަ ޖަލްސާގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައިވަނީ ތާއީދު ކުރާނެ ކެނޑިޑޭޓަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މިބައްދަލުވުމުގައި ނިންމާފައިވަނީ ރައީސް ޞާލިހު އެދިވަޑައިގެންފައިވާތީ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދަށް ތާއީދު ކުރުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދާލަތުން އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދުކުރަން ނިންމިއިރު، އަދާލަތު ޕާޓީގެ ސްލޮޓެއްގައި އިސްލާމިކް މިނިސްޓަރަށް ހުންނެވި ޑރ. އަހުމަދު ޒާހިރު އަލީއާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ގެންދަވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދުގެ ކެމްޕޭނުގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. ޖުމްހޫރީ ޕާޓީން ވެސް ވަނީ ބައި އިލެކްޝަނުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދުކުރަން ނިންމައިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ