މާލޭ ސަރަހައްދު ސްކޫލްތައް އަނެއްކާވެސް ބަންދުކޮށްފި

ޚަބަރު ފަހުގެ


ކޯވިޑްގެ ނުރައްކާ މާލެގައި ބޮޑުވެ ބަލި ފެތުރުން އިތުރުވަމުން އަންނާތީ މާލޭގެ ސްކޫލްތައް އަނެއްކާވެސް ބަންދުކޮށްފިއެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށް ފަހު 2020 ޖުލައި 1 ގައި ވަނީ މާލެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ގްރޭޑް 1 ން 12 އަށް ކިޔަވައިދޭން ފަށާފައެވެ. އަދި މާލޭސިޓީގެ ސްކޫލްތަކުގައި ކިޔަވައިދީފައި ވަނީ ގްރޭޑް 9 އިން 12 އަށެވެ. މީގެ އިތުރުން ގްރޭޑް 7 އަދި 8 ގެ ކިޔެވުން މާލޭ ސިޓީގެ ސްކޫލްތަކުގައި މިމަހުގެ 16 ގައި ފެށުމަށް އޮތީ ނިންމާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޢީދު ބަންދާއި، މިޑް ޓާމު ބަންދަށްފަހު އަލުން ސްކޫލްތައް ހުޅުވުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް، ކޯވިޑް-19ގެ ހާލަތަށް ރިޢާއަތްކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެމަތިން، މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް މާލޭ ސިޓީގެ ސްކޫލްތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭގޮތަށް ކިޔެވުން ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމަށް މިނިސްޓްރީންވަނީ ނިންމަވާފައެވެ.

ދަރިވަރުން ސްކޫލަށް ހާޒިރުވާން ނުޖެހުނު ނަމުވެސް، އޮންލައިންކޮށް ފިލާވަޅުތައް ކުރިއަށްދާނެކަމަށާއި ދެ ހަފްތާއަށްފަހު ބަލިމަޑުކަން ފެތުރޭގޮތަށް ބަލައި، މިނިންމުން މުރާޖަޢާ ކުރާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ