2021ގައި އެމްޓީސީސީއަށް 264 މިލިއަން ރުފިޔާގެ ފައިދާއެއް

ޚަބަރު ފަހުގެ

މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 264 މިލިއަން ރުފިޔާ ލިބިއްޖެ އެވެ. މިއީ އެމްޓީސީސީގެ 41 އަހަރުގެ ދިގު ތާރީހުގައި މިހާތަނަށް މާލީ އަހަރެއްގައި ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާ އެވެ.

ކުންފުނީގެ 2021 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ މާލީ ނަތީޖާގެ ތަފުސީލަށް ބަލައި އިރު، އެ ކުއާޓަރުގައި ޖުމުލަ 626 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން 67 މިލިއަން ރުފިޔާ ހިންގުމުގެ ފައިދާގެ ގޮތުގައި ރެކޯޑު ކުރެވިފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި 2021 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރާ ހަމައަށް ޖުމުލަ 1.96 ބިލިއަން ރުފިޔާ ވިޔަފާރި ކޮށްގެން، ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާއަކީ 265 މިލިއަން ރުފިޔާ އެވެ. މިއީ 2020 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު ފައިދާއަށް ވުރެ 43.7 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. 2020 ވަނަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން ލިބިފައި ވަނީ 220.75 މިލިއަން ރުފިޔާ އެވެ.

ނަމަވެސް ތަފުސީލަށް ބަލައި އިރު، 2021 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ރެކޯޑް ކުރެވިފައިވާ ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ 2020 ވަނަ އަހަރަށްވުރެ ދަށެވެ.

އެގޮތުން 2021 ވަނަ އަހަރުގެ އެ މުއްދަތުގައި ޓެކުހަށް ކެނޑުމުގެ ކުރިން 52.27 މިލިއަން ރުފިޔާ ލިބުނު އިރު، 2020 ވަނަ އަހަރު ލިބިފައި ވަނީ 62.85 މިލިއަން ރުފިޔާ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ