ސާންޕަލް ޓްރާންސްފާ ކުރުމަށް 13 ސްޕީޑްބޯޓް ސަޕްލައި ކޮށްދޭން ފަރާތެއް ހޯދަނީ

ޚަބަރު ފަހުގެ

ރަށްރަށުން ނަގާ ކޮވިޑް-19 ސާމްޕަލް ޓަރާންސްފާ ކުރަން ބޭނުންވާ 13 ސްޕީޑް ބޯޓު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ވޯލްޑް ބޭންކް ގެ އެހީގައި ހިންގަމުންދާ ކޮވިޑް އެމާޖަންސީ ރެސްޕޮންސް އެންޑް ހެލްތް ސިސްޓަމް ޕްރިޕެއަރޑްނެސް ޕްރޮޖެކްޓް ގެ ދަށުން ހެލްތު މިނިސްޓްރީގެ ބޭނުމަށް ސްޕީޑް ބޯޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ފިނޭންސުން ކުރި އިއުލާނެއްގައި ބުނީ ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީ ކުރުމަށްޓަކައި 1،500ރ. ނުވަތަ 100 ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. ފައިސާ ބަލައިގަންނާނީ އަންނަ މާޗު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް ބަނޑޭރި ޕޭ މެދުވެރި ކޮށެވެ.

އަދި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 25،0000 ޑޮލަރު، ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއްގެ ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ފިނޭންސުން ބުނީ ބީލަން ހުޅުވުން އޮންނާނީ މާޗު 10 ގެ 11:00 ގައި ފިނޭންސްގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ