ސިއްހީ ބޭނުމެއްގައި ނޫނީ މާލެ އަރާ ފޭބުން މަނާ ކޮށްފި

ޚަބަރު ފަހުގެ

ސިއްހީ ބޭނުމެއްގައި ނޫނީ މާލެ އަރާ ފޭބުން މަނާ ކޮށްފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ފަރާތުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ ފަހަކަށް އައިސް ކޮވިޑަށް ފައްސިވާ ފަރާތްތަށް އަނެއްކާވެސް އިތުރު ވަމުންދާތީ، ތިމާއާއި އަނެކާގެ ވެސް ރައްކަލަކަށްތަކައި ސިއްޙީ ބޭނުމެއްގައި ނޫނީ މާލެ އަރާފޭބުން މަނާ ކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން މާލެ ސަރަހައްދުން މިބައްޔަށް ފައްސިވާ މީހުން އަންނަނީ އިތުރުވަމުންނެވެ. އަދި މީގެ ސަބަބުން އަތޮޅު ތެރެއަށް ވެސް މިބަލި ފެތުރޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

އެހެންކަމުން މިއީ މާލެ ތެރެއާއި އަތޮޅު ތެރޭގައި ވެސް މިބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް އެޅޭ ފިޔަވަޅެއްކަން އެޗްއީއޯސީ ގެ ފަރާތުން ވަނީ ހާމަކޮށްފައެވެ. އަދި ޚާއްސަ ހުއްދައެއް ނެތި މާލެ އަށް މީހުން އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަަޅުތަކަށް ދިން ލުއިތަކުގެ ތެރޭގައި މާލެއަށް އަންނަން ބޭނުންވާ މީހުންނަށް މާލެއަށް އައުމުގައި އެއްވެސް ހުއްދައެއް ބޭނުންނުވެއެވެ. ނަމަވެސް މާލެއިން ރަށްރަށަށް ދާމީހުން ދިއުމުގައި ނަގަންޖެހޭ ހުއްދަ ނަގައި ދާންބޭނުންވާ ރަށަކަށް ދިއުމަށްފަހު 14 ދުވަހުގެ ހޯމް ކަރަންޓީން ފުރިހަމަ ކުރަންޖެހެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ