ހިރިމަރަދޫ އަތިރިމަތިން މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ޚަބަރު ފަހުގެ

ހދ. ހިރިމަރަދޫ އަތިރިމަތީގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހިރިމަރަދޫގައި މީހަކު ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމުގެ މައުލޫމާތު 27 ޖެނުއަރީ 2022ވަނަ ދުވަހުގެ މެންދުރު 1:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ނިޔާވެފައި ވަނީ އުމުރުން 71 އަހަރުގެ އަންހެނެއް ކަމަށާއި އެމީހާ ފެނިފައިވަނީ ހިރިމަރަދޫ އަތިރިމަތިން ރާޅުޖަހާ ހިސާބު މޫދުގައި އޮއްވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާއާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން އެއްވެސް ޒަހަމެއް އެމީހާގެ ހަށިގަނޑަށް ލިބިފައިވާތަން ފެނިފައި ނުވާ ކަމަށެވެ.

މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ