ކުރިން ޕީޕީއެމްގެ ރުމާލެ 2 ހިންގަމުން އައި ޖަގަހަ ހުރި އިމާރާތުގައި ރޯވެ އަދަނީ

ޚަބަރު ފަހުގެ

ކުރިން ޕީޕީއެމްގެ ރުމާލެ 2 ހިންގަމުން އައި ޖަގަހަ ހުރި އިމާރާތުގައި ރޯ ވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ ކުރީގެ “ރުމާލު 2” ހިންގި ޖަގަހައިގައި ކަމަށާއި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 14:47 ގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެ އިމާރާތުގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާއިރު، އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެނގިފައެއް ނުވެ އެވެ.

އިމާރާތުގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާއިރު އިމާރާތަށް ވަރަށް ބޮޑަށް ވަނީ ގެއްލުން ވެފަ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ