ޖުވެނައިލް ޑިޓެންޝަން ސެންޓަރު ގާއިމުކޮށްފި

ޚަބަރު ފަހުގެ

ޖުވެނައިލް ޑިޓެންޝަން ސެންޓަރު ގާއިމުކޮށްފި އެވެ.

ހޯމް މިނިސްޓްރީން ބުނީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައި ބަޔާންކުރާ ޖުވެނައިލް ޑިޓެންޝަން ސެންޓަރު ގާއިމުކުރުމަށް އެ މާއްދާގެ (ށ)އިން މިނިސްޓަރ އޮފް ހޯމްއެފެއަރޒްގެ މައްޗަށް ލާޒިމުކޮށްފައިވާތީ، ކ. ހިންމަފުށީ އައްސޭރި ޖަލުގައި ޖުވެނައިލް ޑިޓެންޝަން ސެންޓަރު ގާއިމުކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޖުވެނައިލް ޑިޓެންޝަން ސެންޓަރު ހިނގަމުންދާނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގައިވާ ގޮތުން މި މަރުކަޒަކީ ދެ ޖިންސުގެ ކުދިން ވަކިން ބޭތިއްބޭނެ މަރުކަޒަކަށް ވާންވާނެ އެވެ. އަދި މިފަދަ މަރުކަޒުތައް ވާންވާނީ، ބޮޑެތި މީހުން ބަންދުކުރާ ތަންތަނާ ވަކިން ހަދާފައިވާ، ކުއްޖާގެ އުމުރާއި، ކޮށްފައިވާ ކުށާއި އެކަށޭނަ ތަންތަން ކަމުގައި ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

މަރުކަޒުތަކުގައި ކުޑަކުދިން ބޭތިއްބުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެކުއްޖަކު އެ މަރުކަޒެއްގައި ބެހެއްޓުން އެއީ އެކުއްޖަކާމެދު އެޅެން އޮތް އެންމެ ފަހުގެ ފިޔަވަޅަށްވެފައި، އަދި އެކުއްޖަކު ބެހެއްޓޭ މުއްދަތަކީ ހަމައެކަނި އެ ހާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތަކަށް ވާނަމަ އެވެ.

މީގެއިތުރުން މަރުކަޒުތަކުގައި ބައިތިއްބާ ކުޑަކުދިންނަށް އެކުދިންގެ އުމުރާއި، ޖިންސާއި، އިޖްތިމާއީގޮތުން ބިނާކުރަނިވި އަދި މުޖުތައުގައި ފައިދާހުރި ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރަނިވި އިޖްތިމާއީ، ތައުލީމީ، ނަފްސާނީ، ސިއްހީ، އަދި ޖިސްމާނީގޮތުން މުހިންމު އަޅާލުމާއި، ރައްކާތެރިކަމާއި، އެހީތެރިކަމެއް އެ މަރުކަޒުގެ މާހައުލުގެ ތެރޭގައި ފޯރުކޮށްދޭންވާނެ ކަމަށް ބުނެފައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ