ގިނަ އަދަދެއްގެ ބަނގުރަލާއެކު މާލެއިން ސިފައިންގެ މީހަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

މާލެއިން ގިނަ އަދަދެއްގެ ބަނގުރާ ހޯދައި، ސިފައިންގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން މިރޭ ކުރިއަށް ގެންދާ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އަތުލައިގަނެ ދެމީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެތެރެއިން އެކަކީ ސިފައިންގެ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. ބަނގުރާ ފުޅިތައް އަތުލައިގަތީ ޖަނަވަރީ މަގުގައި ހުންނަ ގެއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މިއޮޕަރޭޝަނާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. މިއޮޕަރޭޝަންގައި ސިފައިންގެ މީހަކު ހައްޔަރު ކުރިކަން ވެސް އަދި މިހާތަނަށް ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރު ކޮށެއް ވެސް ނުދެއެވެ.

ފުލުހުންގެ އޮޕަރޭޝަންގައި އަތުލައިގަތް ބަނގުރާ ފުޅިތަކުގެ އަދަދެއް ވެސް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ހައްޔަރު ކުރި ދެމީހުންނާއި ގުޅުން ހުރި ގެއަކުން ވަނީ ބަނގުރާ އަޅާފައި ހުރި 11 ފޮށިގަނޑެއް ޕިކަޕަކަށް އަރުވާފައެވެ. އެހުރިހާ ފޮށިގަނޑެއްގައި ހުރީ ބަނގުރާ ކަމަށްވާނަމަ މިއީ ފަހަކަށް އައިސް މާލެ އިން އެންމެ ގިނަ ބަނގުރާ އަތުލައިގަތް އޮޕަރޭޝަނަށް ވުން ވެސް ގާތެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ