ޓެންޑާ ބޯޑުގެ ވެރިޔަކަށް އަޝްރަފް

ޚަބަރު ފަހުގެ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރު ކަމުން އިސްތިއުފާދެއްވި އަލީ އަޝްރަފް ޓެންޑާ ބޯޓުގެ ޗެއާޕާސަން ކަމަށް ހަމަޖައްސައިފިއެވެ.

އޭސީސީގެ މެމްބަރު ކަމުގެ މަޤާމުން އަލީ އަޝްރަފް އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅުއެވެ. އޭސީސީގެ މެންބަރު ކަމުގެ އިތުރަށް އަޝްރަފް މީގެކުރިން ވަނީ ވިލާ ކޮލެޖުގެ ޑިރެކްޓާ އޮފް މާކެޓިންގެ މަގާމާއި ހިންގުމުގެ ދާއިރާގެ ތަފާތު މަގާމުތައް ފުރުއްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޓެންޑާ ބޯޑަކީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ދައުލަތުގެ ޕްރޮކިއުމަންޓުގެ ކަންކަން ހިންގާ ބަލަހައްޓާ މައި އިދާރާއެވެ. އެބޯޑަށް މެންބަރުން އައްޔަން ކުރައްވަނީ ފިނޭންސް މިނިސްޓަރެވެ. ދައުލަތުގެ ޕްރޮކިއުމަންޓުގެ ކަންކަމާ ގުޅޭ ގޮތުން ހަދަން ޖެހޭ އެންމެހާ އުސޫލުތައް އެކުލަވާލުމާއި ފަސް މިލިއަން ރުފިޔާއަށް ވުރެ މަތީގެ ސަރުކާރުގެ ހުރިހާ ބިޑްތަކެއް އިވެލުއޭޓްކޮށް މަސައްކަތްތައް ހަވާލު ކުރާނީ ޓެންޑާ ބޯޑުންނެވެ.

ޓެންޑަރ ބޯޑުގައި އަޝްރަފާ އެކު 7 މެންބަރަކު ހިމެނެއެވެ.
އެބޭފުޅުންނަކީ:

1- އަލީ އިރުފާން
2- އުބައިދުﷲ އަލީ
3- އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިޔާދު ހަމީދު
4- މުހައްމަދު ޖިނާން ސައީދު
5- މުމްތާޒު އަބްދުއް ރަޝީދު
6- އައިމިނަތު ޝީރީން

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ