ޅައިމަގު ބަނދަރު އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް އެރަށަށް ގެންގޮސްފި

ޚަބަރު ފަހުގެ

ޅައިމަގު ބަނދަރު އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް އެރަށަށް ގެންގޮސްފިއެވެ.

ޅައިމަގު ކައުންސިލުން ބުނީ އެރަށުގެ ބަނދަރު މަސައްކަތް ކުރިއަށް ގެންދާ ކުންފުނި، އެމްޓީސީސީން މިއަދު ބަނދަރު އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް އެރަށަށް ގެންނެސްފައިވާކަމެށެވެ.

އިޝްތިހާރު
އިޝްތިހާރު

ޅައިމަގު ބަނދަރު މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ބޮޑުހިލަ ބޭނުންކޮށްގެން 350 މީޓަރ ބޭރު ތޮށި ހެދުމާއި، 276 މީޓަރ އެއްގަމު ތޮށި ހެދުމާއި، 10 މޫރިން ބުލޮކް ލުމާއި، 14 ބަނދަރު ބައްތި ހަރުކުރުމާއި، 2 ނެރުބައްތި ހަރުކުރުމާއި، 1380 ސްކެއަރ މީޓަރ ޕޭވްމަންޓްއެއް ހެދުމާއި، 25000 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 6000 ކިއުބިކް މީޓަރ ނެރު ފުންކުރުމާރި، 500 މީޓަރ ރިވެޓްމަންޓް ޖެހުމާއި، ރޭމްޕެއް ހެދުމާއި 50 މީޓަރުގެ ގުރޯއިން ޖެހުން ހިމެނެއެވެ.

56،321،095.38 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 480 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ