މާލޭގައި ބިދޭސީއަކު އަނބިމީހާއަށް އަނިޔާކޮށް، ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި

ޚަބަރު ފަހުގެ

މާލޭގައި ބިދޭސީއަކު އަނބިމީހާއަށް އަނިޔާކޮށް، ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 6:20 ހާއިރު މާލޭގެ ގެއެއްގައި ބިދޭސީ އަންހެނަކަށް އޭނާގެ ފިިރމީހާ ގެވެށި އަނިޔާ ކޮށްފައިވާކަމުގެ މައްސަލަ އެއް ހުށައަޅާފައިވާކަމަށެވެ. އަދި މިހާރު އަނިޔާ ލިބުނު އުމުރުން 26 އަހަރުގެ އަންހެން މީހާއަށް އައިޖިއެމްއެޗްގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

އަންހެން މީހާއަށް ހަމަލާ ދިން މީހާއަކީވެސް ބިދޭސީއެކެވެ. ނަމަވެސް ދެމީހުން ނިސްބަތްވާ ގައުމެއް ފުލުހުން ހާމައެއްނުކުރެއެވެ. ފުލުހުން ވިދާޅުވީ މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ