އަނބިމީހާއަށް ހަމަލާދިން މީހާގެ ބަންދަށް 15 ދުވަސް

ޚަބަރު ފަހުގެ

މިއަދު މާލޭގައި ބިދޭސީ އަންހެނަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި އޭނާގެ އަނބިމީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ ސްރިނިވަސަން ސުބްރަމަނީ އެވެ. އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލުމަށްފަހު އެވެ.

އިޝްތިހާރު
އިޝްތިހާރު

އޭނާގެ ބަންދުގެ މުއްދަތު މަޖިލީހުގައި ފުލުހުން ހުށަހެޅި ހާދިސާގެ ރިޕޯޓުގައި ބުނެފައިވަނީ އޭނާގެ ގެއަށް ދިޔައިރު، ގޭތެރޭގައި ގިނަ އަދަދަކަށް ލޭ ހުރި ކަމަށާއި އެގޭތެރެއިން ދެ ވަޅި ފެނިފައިވީ ނަމަވެސް އެއްވަޅީގެ ތިލަ ނެތް ކަމަށް ސީނަށް ދިޔަ ފުލުހުން ބުނެފައިވާ ކަމަށެވެ. އެގޮތުން އަންހެން މީހާގެ ފަލަމަސްގަނޑުގައި ދެ ޒަހަމެއް ހުރި ކަމަށާއި އެކްސްރޭއިން އަންހެން މީހާގެ ފަލަމަސްގަނޑުގެތެރޭގައި ވަޅިއެއްގެ ތިލައެއް އޮތް ކަމަށް ދައްކާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

މީގެއިތުރުން ފުލުހުން އެގެއަށް ވަނުމުން ސްރިނިވަސަންގެ އަތުގައި އޮތް ވަޅިން އަމިއްލަ އަށް ބަނޑަށް ވަޅި ހަރާފައިވާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ