ރިޔާސީ ބަޔާން : ޓީޗަރުންގެ މުސާރަ 12 ހާހުން 19 ހާހަށް ބޮޑުކުރާނަން

ޚަބަރު ފަހުގެ

ޓީޗަރުންގެ މުސާރަ ބޮޑުކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހހު ވިދާޅުވީ ޤައުމު ބިނާކޮށްދެއްވުމުގެ އެންމެ ބުރަ މަސައްކަތްކުރައްވާ ފަރާތްތަކުގެ މުސާރަ ބޮޑު ކުރެއްވުމަކީ އެމަނިކުފާނުގެ ވަޢުދުފުޅެއްކަމަށެވެ. އެގޮތުން ޓީޗަރުންގެ މުސާރަ 50 އިންސައްތައަށްވުރެ ބޮޑުކޮށްދެއްވުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި ތަޢުލީމީ ދާއިރާގައި އޮތް އެންމެ ބޮޑު ޝަކުވާއަކީ ޓީޗަރުންގެ މުސާރަ ކުޑަވުމުގެ ޝަކުވާއެވެ. މިކަމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ ޤައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކަށް އެކަށީގެންވާ އުޖޫރައެއް ލިބެންޖެހޭނެކަމަށެވެ. އެހެންކަމުން އަންނަ މޭއި މަހުން ފެށިގެން ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތެއްގެ މުސާރަ ބޮޑުކުރުމަށް އެމަނިކުފާނު ނިންމަވާފައިވާކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

“އަންނަ މޭއި މަހުން ފެށިގެން ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަޅުގަނޑު ނިންމައިފިން. މިބަދަލާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑި ނުލާ 12628 ރުފިޔާއިން 19740 ރުފިޔާއަށް ބޮޑުވެގެން ދާނެ. މިއީ 56 ޕަސެންޓްގެ ކުރިއެރުމެއް.” ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ