ޢާންމުންގެ ތެރެއިން ޖޭއެސްސީއަށް އުއްމުކުލްސުމް އައްޔަނުކުރައްވައިފި

ޚަބަރު ފަހުގެ

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އާމިނަތު އުއްމުކުލްސުމް، ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އައްޔަނުކުރައްވައިފިއެވެ.

ޖޭއެސްސީގެ މެންބަރުކަމުގެ ހުވާލައިދެއްވި ރަސްމިއްޔާތުގައި އެ ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ސޯލިހު ވަނީ އުއްމުކުލްސުމްއާ ހަވާލުކުރައްވާފައެވެ. ޖޭއެސްސީއަށް އާންމުންގެ ތެރެއިން އައްޔަންކުރާ މެންބަރެއްގެ ގޮތުގައި އުއްމުކުލްސުމް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފައިވަނީ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

އުއްމުކުލްސުމް މާސްޓަރސް ޑިގްރީ ޙާޞިލުކުރައްވާފައި ވަނީ ޕްރޮޖެކްޓް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ދާއިރާއިން އިނގިރޭސި ވިލާތުގެ ބްރެޑްފޯޑް ޔުނިވަރސިޓީންނެވެ. މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިނގަމުން އަންނަ ނެޝަނަލް ސެންޓަރ ފޯރ ދި އާރޓްސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ފުރުއްވި އުއްމުކުލްސުމް ވަނީ އޭގެ ކުރިން މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އިސް މަޤާމުތައް ވެސް ފުރުއްވާފައެވެ.

ޖޭއެސްސީގައި 10 މެމްބަރުން ތިއްބަވާއިރު އާންމުންގެ ތެރެއިން މެމްބަރަކު އައްޔަނުކުރުމާއި ގުޅިގެން މިހާރު ހުސްކޮށް އޮތީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅާގެ މަގާމު އެކަންޏެވެ. އެއީ އެ މަގާމުގައި ހުންނެވި ޑރ. އަލީ ޝަމީމް އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ