މެންދުރު 12 ގެ ކުރިން ވޯޓުލާ ނިންމަން ޕީޕީއެމުން އެދިއްޖެ

ޚަބަރު ފަހުގެ ސިޔާސީ

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ މެމްބަރުން މެންދުރު 12 ގެ ކުރިން ވޯޓުލާ ނިންމަން އެ ޕާޓީން އެދިއްޖެ އެވެ.

މާދަމާގެ ވޯޓާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މާދަމާ ހެނދުނު 8 ޖަހާއިރު ވޯޓުލާން ފެށޭއިރު އެ ޕާޓީގެ ހުރިހާ ސަޕޯޓަރުން ވެސް މެންދުރު 12 ގެ ކުރިން ވޯޓުލާ ނިންމުމަކީ އެ ޕާޓީގެ އެދުމެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމް އާއި އެމްޑީޕީ އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ ތިން ޕާޓީން ވެސް އަންނަނީ ކޮމަންޑޫ ދާއިރާގައި ފޯރިއާއެކު ކެމްޕޭނުގެ ހަރަކާތްތައް ބާއްވަމުންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ހައްގު 3،309 މީހަކަށް ލިބިގެންވެ އެވެ. ކޮމަންޑޫ ދާއިރާގައި ހިމެނެނީ ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ