ކެތިއަރާ ހެޕީމާކެޓް އީދު އުފާ ވޮލީ މުބާރަތުގެ ތަށި އުއްމީދު އަދި ޔޫތު ފުރެންޑްސް އުފުލައިލާފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ކެތިއަރާއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ހެޕީމާކެޓް އީދު އުފާ ވޮލީ މުބާރާތުގެ ތަށި އުއްމީދު އަދި ޔޫތު ފުރެންޑްސް އުފުލައިލާފިއެވެ.

ރޭ ހަނިމާދޫ އިޖުތިމާއި މަރުކަރު ގޯތިތެރޭ ކުޅެވުނު ފުރަތަމަ ފައިނަލުގައި ވާދަކުރީ އުއްމީދު އަދި ސުޕާކު އެވެ. މިމެޗު 3 ސެޓުން ކާމިޔާބު ކުރީ އުއްމީދު އެވެ.

އިޝްތިހާރު
އިޝްތިހާރު

ފުރަތަ ދެ ސެޓު ގައި ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިރު 25-22 ދެ ސެޓު ވެސް ކަމިޔާބުކުރީ އުއްމީދެވެ.
ތިންވަނަ ސެޓުގައި 25-13 ފަސޭހަކަމާއިއެކު ވަނީ އުއްމީދު ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އުއްމީދު ޓީމުގެ ޖާޒީ ނަންބަރު 7 ރިފުގާ މުނާ އެވެ.

ރޭ ކުޅެވުނު ދެވަނަ ފައިނަލު ގައި ވާދަކުރީ ޔޫތު ފުރެންޑްސް އަދި ކޮޅުދާލި އެވެ. ސީދާ 3 ސެޓުން މި މެޗު ކާމިޔާބު ކުރީ ޔޫތު ފުރެންޑްސް އެވެ. މުޅި މެޗުގައި ވާދަވެރި ކުޅުމެށް ފެނިގެން ދިޔައިރު ފުރަތަމަ ސެޓު 25-23 ދެވަނަ ސެޓު 26-24 ތިންވަނަ ސެޓު 25-22 ކާމިޔަބު ކުރީ ޔޫތު ފުރެންޑްސް އެވެ.މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޔޫތު ފުރެންޑްސް ޓީމުގެ ޖާޒީ ނަންބަރު 16 ޞާދިގު މޫސާއެވެ.

ޗެމްޕިއަން ޓީމަށް ތަށި ހަވާލު ކޮށްދެވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން ހައްވާ ނާޒިމާ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ