އިތުރު 1،589 މީހުން ކޮވިޑަށް ޕޮޒިޓިވް

ޚަބަރު ފަހުގެ

ރާއްޖެއިން އިތުރު 1،589 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރެއިން 400 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އަދި އަތޮޅުތެރެއިން 843 ކޭސް އަދި ރިސޯޓުތަކުން 80 ކޭސް އަދި ސާމްޕަލް ނެގި ވަކިތަނެއް ނޭނގި 266 ކޭސް އަދި ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 148،580 އަށް އަރާފަ އެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 17،637 ކޭސް އެވެ. މި ބަލިން 130،649 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 52 މީހަކަށެވެ. މި ބަލީގައި 281 މީހަކު ވަނީ ނިޔާވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ