ހަނިމާދޫގައި ބާބަކިޔު ދެ ފަސްގަނޑު ހެދިގެން ދާނެ – ކައުންސިލްގެ ރައީސް

ހަނިމާދޫ ޚަބަރު ފަހުގެ

ރައްޔިތުން ހިތްހަމަޖައްސާލުމަށްޓަކައި ބާބަކިޔު ދެ ފަސްގަނޑު ހެދިގެން ދާނެކަމަށް ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން ވިދާޅުވެއްޖެއެވެ.

ސައްތާރު މިފަދައިން ވިދާޅުވީ ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން “ލާމަރުކަޒީ ރާއްޖެ” ޕޮރޮގްރާމް ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

” ހަނިމާދޫ މިއަދު މިދަނީ ޓޫރިޒަމަށް ފައްކާވަމުން ، އިރާދަކުރެއްވިޔާ ހަނިމާދޫ އަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެތެރެއިން އެންމެ ރަނގަޅަށް މިކަން ކުރެވޭ އެއް ރަށަށް ހެދޭތޯ އަޅުގަނޑުމެން ބަލާނަން، އޭގެ މާނަ އަކީ ފަޅުތެރޭގައި ރިސޯޓް ވެސް ހެދިގެން ދާނެ، އަދި ރައްޔިތުން ހިތްހަމަޖައްސާލުމަށްޓަކައި ބާބަކިޔު 2 ފަސްގަނޑު ހެދިގެން ދާނެ.” ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން ވިދާޅުވިއެވެ.

ހަނިމާދޫ ފަޅުތެރޭގައި 3 ރިސޯޓް އެޅުމުގެ ވާހަކަ 2021 ވަނަ އަހަރު އޮގަސްޓު 20 ވަނަ ރޭވެސް އެމަނިކުފާނު ވަނީ ދައްކަވާފައެވެ. އެއީ ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް، އުތުރުގެ ރަށްތަކަށް ކުރި ދަތުރުފުޅުގައި ހަނިމާދޫ އިޖްތިމާއީ މަރުކަޒުގައި ބޭއްވި ޖަލުސާގައެވެ.

އެ ޖަލުސާގައި ވާހަކަ ދައްކަވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން ވިދާޅުވީ ހަނިމާދޫ ފަޅު ބޭނުން ކޮށްގެން 3 ވަރަކަށް ރިސޯޓް ހެދުން އެއީ ކައުންސިލުގެ ހުވަފެނެއްކަމަށާއި، މަދުވެގެން 3 ރިސޯޓް ފަޅުގައި ހެދިގެންދާނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ