އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒް ވާދަކުރައްވަނީ

ޚަބަރު ފަހުގެ ސިޔާސީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވާދަކުރައްވަން ނިންމަވައިފިއެވެ.

މިނިސްޓަރ ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާނެކަމަށް ވަނީ އެމްޑީޕީގެ އިސްބޭފުޅުން ހިމެނޭ ވަޓްސްއަޕް ގްރޫޕެއްގައި އިއުލާން ކުރައްވާފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ފައްޔާޒްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ހާމަކުރައްވާފައިވެއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއަކީ މިސަރުކާރުގެ ތެރޭގައި އެންމެ ހިންގުންތެރި އަދި އެންމެ ނުފޫޒުގަދަ އެއް މިނިސްޓަރު ކަމަށް ގިނަބަޔަކު ދެކެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ހުންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. ހަސަން ލަތީފްގެ ޗެއާޕާސަންގެ ދައުރު މިއަދަށް ހަމަވާއިރު އޭނާ އެމަގާމަށް އައްޔަނު ކޮށްފައިވަނީ ފަސް އަހަރުގެ ދައުރަކަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމާފައިވާއިރު އެ ބައްދަލުވުމަށް ވަނީ ޗެއާޕާސަންގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް އެޖެންޑާ ކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ