ހަނިމާދޫ ކައުންސިލުން ދެ ދޯންޏެއްގެ ވެރިފަރާތެއް ހޯދަނީ

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ކައުންސިލުން ދެ ދޯންޏެއްގެ ވެރިފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

ހަނިމާދޫ ކައުންސިލުން ބުނީ ހަނިމާދޫ އިޖުތިމާއީ މަރުކަޒާއި ދިމާލުގައި ހަދަމުންދާ ބާބަކިޔު ސަރަހައްދުގައި އޮތް ބާވެ ހަލާކުވެފައިވާ ދޯންޏަކާއި، މަގު ހެދުމުގެ މަޝްރޫއުގައި ހިމަނައިގެން ގާއިމް ކުރެވިފައިވާ ފެންހިންދާ ނިޒާމްގެ(ކާނޭޝަންމަގު ހުޅަގުކޮޅު) ފެންބޭރުކުރުމަށް ޕަންޕު ސްޓޭޝަންނުގެ އައުޓް ފްލޯ ހޮޅިއާއި ދިމާވާގޮތަށް ހަރުގޭގައިހުރި ދޯނީގެ ވެރިފަރާތް ހޯދަން ބޭނުންވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ބާބަކިޔު ސަރަހައްދު

މި ދޯނިތައް ހުރުމުގެ ސަބަބުން އެސަރަހަދުގައި ކުރާ މަސައްކަތް ކުރުމުގައި ދަތިވެ މަސައްކަތް ހުއްޓިފައިވާކަމަށްވެސް ހަނިމާދޫ ކަންސިލުން ބުނެއެވެ.

އަދި ވެރިފަރާތެއް ވާނަމަ 18 ފެބުރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެ އިދާރާގެ ނަންބަރު 7440028 ނުވަތަ 7743397 ގުޅުއްވާ ނުވަތަ އެ އިދާރާގެ އީމެއިލް info@hanimaadhoo.gov.mv އަށް އެންގުމަށްވެސް ހަނިމާދޫ ކައުންސިލުން އެދެއެވެ.

ކާނޭޝަންމަގު ހުޅަގުކޮޅު

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ