ކާބޯތަކެތި އެތެރެ ކުރަނީ އިންޑިއާ އިން ކަމަށާއި އެހެން ކަމުން “އިންޑިއާ އައުޓް” ނުކިޔަން ފައްޔާޒު އިލްތިމާސް ކުރައްވައިފި

ޚަބަރު ފަހުގެ

ދިވެހިރާއްޖެއަށް ބޭނުންވާ ބައެއް ކާބޯތަކެތި އެތެރެ ކުރަނީ އިންޑިއާ އިން ކަމަށާއި އެހެން ކަމުން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތުގެ ސަބަބުން ދެ ޤައުމުގެ ގުޅުމަށް އަސަރުކޮށް، ކާބޯތަކެތި އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ދިވެހިރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ޤާޢިމްވެ ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ލީޑަރު ރައީސް ޔާމީން އިސްވެ ހުންނަވައި ހިންގަވާ “އިންޑިއާ އައުޓް” ހަރަކާތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވާފައިވާ މައްސަލައާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ބޭފުޅުންނާއި އެކު މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އެ ކެމްޕެއިނަކީ އިންޑިއާ އިން ދޭ އެހީތެރިކަން ހުއްޓުވަން ކުރާ ކެމްޕެއިނެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިގޮތުން އިންޑިއާ އަކީ އެ ޤައުމުން އެކްސްޕޯޓު ނުކުރެވޭ ވަރަށް ގިނަ ބާވަތްތަކަށް ހާއްސަ ކޯޓާތައް ރާއްޖެއަށް ދޭ ޤައުމެއް ކަމަށާއި މިފަދަ ކެމްޕެއިނެއްގެ ސަބަބުން އެކަންކަން ހުއްޓިދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ފުޑް ސެކިއުރިޓީގެ ތެރެއިން ވަރަށް ބޮޑުބައެއް ޑިޕެންޑް އެބަވޭ އިންޑިއާއިން މި ގެންނަ ކާބޯތަކެއްޗަށް.” ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި ބިސް، އަލުވި، ފިޔާ، ހަނޑޫ، ފުށް، ހަކުރު، އަދި މުގަކީ ދިވެހިން އެންމެ ގިނައިން ކެއުމަށް ބޭނުން ކުރާ ތަކެތި ކަމަށާއި އެތަކެއްޗަކީ އަބަދުވެސް 3 އަހަރަށް ކުރިއަށް އިންޑިއާއިން ކޯޓާ ދީފައިވާ ތަކެތި ކަމަށެވެ. އަދި އެއީ އިންޑިއާ ގެ ސަރުކާރުގެ އުސޫލަކަށް ބަދަލު އައިކަމުގައި ވީނަމަވެސް އެއަށް އިހުތިރާމު ކުރާނެ ފަދަ އެއްބަސްވުމެއްގެ ދަށުން ދޭ ކޯޓާއެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އަދި މިތަކެތި އެހެން ޤައުމަކުން ގެންނަން އުޅޭފިނަމަ ގެނެވިދާނެ ކަމަށާއި ނަމަވެސް އަށް ފޯރާފަށުގައި ނުހުރުން ގާތް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ހިލަ އާއި ހިލަވެއްޔަކީ މުޅި ދުނިޔެއިންވެސް ލިބުން ދަތިތަކެތި ކަމަށާއި ނަމަވެސް ރާއްޖެއަށް ހާއްސަ އިނާޔަތްތަކެއްގެ ދަށުން އިންޑިއާއިން އެތަކެތިވެސް ދޭކަމަށް ވިދާޅުވެ އިންޑިއާ އަށް ތައުރީފުކުރެއްވިއެވެ.

“މީގެއިން ކަމަކަށް ބުރޫއަރާނެ ކަމެއް ކުރުމުގެ ކުރިން، ވަރަށް ގިނަ ފަހަރު އެކަމާ ގުޅިގެން ވިސްނާލަން ޖެހޭ” ފައްޔާޒު ވިދާޅުވިއެވެ.

އަދި އެކަމުގެ އަސަރު މިހާރުވެސް ކުރަން ފަށައިފި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ