ސްޓާސް ބްރޭންޑުގެ ސްޕްރިން އަނިއަން ބޭނުން ނުކުރަން އަންގައިފި

ޚަބަރު ފަހުގެ

ސްޓާސް ބްރޭންޑުގެ ސްޕްރިން އަނިއަން ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭ އިން އާންމުކުރި ބަޔާނެއްގައި ބުނީ ‘ޕެސްޓިސައިޑް’ އިން ތަޣައްޔަރުވެފައިވާ އުފެއްދުމެއް ކަމަށްވާ “ސްޓާސް ބްރޭންޑުގެ ސްޕްރިން އަނިއަން” ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން ވަނީ އެއޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިއީ މިސްރުގެ އުފެއްދުމެއް ކަމަށާއި މި އުފެއްދުން ހޯލްސޭލްކޮށްފައި ވަނީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ “ގްލޯބަލް ގްރީން ޓީމް” އިން ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްރުގެ ސްޓާސް ބްރޭންޑުގެ ސްޕްރިން އަނިއަން، ވަކިގޮތެއް އަންގަންދެން ވިއްކުމަށާއި ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ