އިހަވަންދޫ ސުކޫލު ނުހުޅުވަން ނިންމައިފި

ޚަބަރު ފަހުގެ

ހއ. އިހަވަންދޫ ކަރަންޓިންގެ ހާލަތުގައި އޮތުމުން އެރަށު ސްކޫލް މި ފެށޭ އާދީއްތަ ދުވަހު ނުހުޅުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިހަވަންދޫ ނޫހަކަށް މައުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން އެކަށައަޅާފައިވާ އެސްއޯޕީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެއްވެސް ރަށެއް މޮނިޓަރިންގައި ނުވަތަ ކަރަންޓީންގެ ހާލަތުގައި ވާނަމަ އެ ރަށެއްގެ ސްކޫލް ނުހުޅުވާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މޮނިޓަރިންގ ނުވަތަ ކަރަންޓިންގެ ހާލަތު އުވާލިކަމުގައި ވިޔަސް، އެ ރަށެއްގެ ސްކޫލް ހުޅުވުމާމެދު ގޮތެއް ނިންމަވަން ހަމަޖެހިފައި ވަނީ އެ ރަށެއްގެ ވަކިވަކީ ގޭބިސީތައް ކަރަންޓީންގެ ހާލަތުގައި ހުރި މިންވަރަށް ބަލާފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެރަށުން މިއަދާއި ހަމަށް ފަސް މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އަންނަ އާދީއްތަ ދުވަހު ދެވަނަ ޓާމްގެ ކިޔެވުން ފެށެން ހަމަޖެހިފައި އޮތްއިރު، މާލެ ސިޓީގެ ސްކޫލްތައް ފިޔަވާ އެހެން ހުރިހާ ސްކޫލެއް ހުޅުވާ ގޮތަށް މީގެ ކުރިން ވަނީ ނިންމާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ