ހުރިހާ ރަށެއްގެ މަގުތަކުގައި ތާރު އަޅާކަށް ނުޖެހޭ: އަސްލަމް

ޚަބަރު ފަހުގެ

ރާއްޖޭގެ ބައެއް ރަށް ރަށަކީ ވަރަށް ކުދި ރަށް ރަށް ކަމަށާއި ރާއްޖޭގެ ހުރިހާ ރަށެެއްގައި ތާރު އަޅާކަށް ނުޖެެހޭނެކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ގއ. ކޮލަމާފުށީގެ މަގު ހެދުމުގެ މަސައްކަތް ނުނިމި ލަސްވާ މައްސަލައިގައި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަޑައިގެން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

“ބައެއް ރަށްރަށް އެބަހުރި، އެއްކޮޅުގައި ހުރެފައި، އަނެއްކޮޅުގައި ހުންނަ މީހާއަށް ބާރަށް ގޮވާލީމަ އަޑު އިވޭވަރުގެ ރަށްރަށް. އެރަށްރަށުގައިވެސް ތާރު އެޅުމަށް ޑިމާންޑް އެބަ ކުރެވޭ. އަޅުގަނޑު ގަބޫލެއް ނުކުރަން އެތަންތަނަކީ، ވެހިކަލްތަކުގައި މީހުން ދަތުރު ކުރަން އެންމެ ރަނގަޅު ރަށްރަށް ކަަމަކަށް.” މިިނިސްޓަރު ވިދާޅުވިއެވެ.

ތާރު ނޭޅިޔަސް ރަށްރަށުގެ މަގުތަކުގައި ބޮޑެތި ވަޅުގަނޑުތައް ހެދިފައި ހުންނަން ނުޖެހޭ ކަމަށާއި އެ ކަން ހައްލުކުރަން، ޓްރެފިކްގެ މައްސަލަތައް އާދައިގެ ރަށްރަށުގައި ފަސްގަނޑު ސާފޭސް ލެވެލް ކުރެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“އަޅުގަނޑު ދެކެނީ ހުރިހާ ރަށެއްގައި ތާރު އެޅުމަށް ދާން ވިސްނުން އެއީ އެންމެ ބުއްދި ވެރި ގޮތެއް ނޫން. މި ގައުމު ޖަޒީރާ ގައުމެއް ގޮތުގައި އުޅޭއިރު ޖަޒީރާވަންތަ ކަމެއް ވެސް އަޅުގަނޑުމެންގެ ރަށްރަށުގައި، އެ ސިފަތައް ވެސް ހުންނަން ޖެހޭ،” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ 22 ރަށެއްގެ މަގުތަކުގައި ތާރު އެޅުމަށް ކޮންޓްރެކްޓަރުންނާ ހަވާލު ކުރެވިފައިވާއިރު، 19 ރަށެއްގެ މަގުތަކުގައި ތާރު އަޅަން ސަރުކާރުން ނިންމާފައިވާކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ