މިލަދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފި

ޚަބަރު ފަހުގެ

މިލަދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފިއެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދަނިކޮށް އެކަން ހުއްޓުވުމުން އެފުލުހަށް ބަޔަކު އިންޒާރުދީ އެނާ ސައިކަލް ރޯކޮށްލީ ރޭ ދަންވަރު، ފުލުސް މީހާ ދިރިއުޅޭ ގޭގައި ސައިކަލު ބަހައްޓާފައި ހުއްޓައެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ސައިކަލުގައި ރޯކޮށްލާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްތައް ސޯޝަލް މީޑީއާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯތަކުން ފެންނަގޮތުގައި ސައިކަލު ރޯކޮށްލުމުގައި ދެމީހަކު ހަރަކާތްތެރިވެއެވެ. އެކަކު ވަދެ ސައިކަލު މައްޗަށް ޕެޓްރޯލު އޮއްސާލާފައި ދިއުމުން އަނެކަކު ރޯކޮށްލަނީއެވެ. ދެމީހުން ވެސް ތިބެނީ މޫނު ނިވާ ކޮށްގެންނެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ