މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދޭން ޖެހޭނެ: މޭޔަރު

ޚަބަރު ފަހުގެ

ރާއްޖޭގެ އެހެން ރަށްރަށުގައި ހިލޭ ގޯތި ދޫކުރެވޭ ގޮތަށް މާލޭގެ ރައްޔިތުންނަށް ވެސް ހިލޭ ގޯތި ސަރުކާރުން ދޫކޮށްދޭން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް މުއިއްޒު ފޮނުއްވި މެސެޖެއްގައި ވަނީ، ރާއްޖޭގެ އެހެން ރަށްރަށުގެ ބިން ހިއްކުމަށް ފަހު ހިލޭ ގޯތި ދެވޭއިރު މާލެ ސަރަހައްދުގެ ބިން ހިއްކުމަށް ފަހު ހިލޭ ގޯތި ނުދެވުމަކީ ހަމަހަމަކަން ނެތި ދިއުން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“މާލެ ރައްޔިތުންނަށް ޚާއްސަ ކުރެވޭ ގޯތިތައް، އެހެން ރަށްރަށުގައި ދެއްވާހެން ހިލޭ ދެވޭނެ، އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ސަރުކާރަށް ގޮވާލަން، ހުޅުމާލޭން މާލެ ރައްޔިތުންނަށް ޚާއްސަކޮށްފައިވާ 1،000 ގޯތި މާލެ ރައްޔިތުންނަށް ހިލޭ ދެއްވުމަށް،” މުއިއްޒު ލިޔުއްވާފައިވެއެވެ.

1،000 ގޯތި ދޫކުރެވޭ ބިމުގެ އަގު ހަމަޖެއްސުމަށް އެހެން ބިންތަކާއި ވިޔަފާރި މުއާމަލާތްތަކުން ފައިސާ ހޯއްދަވަން ވެސް މުއިއްޒު ޚިޔާލު ދެއްވިއެވެ.

ސަރުކާރުން ނިންމާފައިވަނީ މާލޭގެ ރަށްވެހިންނަށް ހުޅުމާލޭން 1،000 ގޯތި، ގުޅީފަޅު ހިއްކައިގެން ލިބޭ ބިމުގެ ސަރަހައްދުން 2،000 ގޯތި، އަދި ގިރާވަރުފަޅު ހިއްކައިގެން އެ ސަރަހައްދުން 2،000 ގޯތި ދޫކުރުމަށެވެ.

މި ކަމާ ގުޅޭ ގޮތުން ސަރުކާރުން އަދި މާލެ ސިޓީ ކައުންސިލްގެ މަޝްވަރާއި ޚިޔާލު ހޯދާފައެއް ނުވެއެވެ. އަދި މާލެ ރައްޔިތުންގެ ޚިޔާލު ހޯދަން ބައްދަލުވުމެއް ވެސް ބާއްވާފައެއް ނުވެއެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ