މަދަރުސަތުލް އިފްތިތާޙުގެ އައު ޢިމާރާތް ރައީސް ޞާލިޙް ހުޅުވައިދެއްވައިފި

ޚަބަރު ފަހުގެ

މަދަރުސަތުލް އިފްތިތާޙުގެ އައު ޢިމާރާތް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހުޅުވައިދެއްވައިފިއެވެ.

މަދަރުސަތުލް އިފްތިތާޙުގައި ޢިމާރާތްކުރި 10 ކްލާސްރޫމުގެ އައު ޢިމާރާތް ރައީސް ޞާލިޙް ހުޅުވައިދެއްވީ ފާދިއްޕޮޅަށް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ނައިފަރަށް ކުރެއްވި ޒިޔާރަތުގައެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޢިމާރަތް ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ ސްކޫލުގެ އިސް ވެރިންނާއި، ޓީޗަރުންނާއި ބައްދަލުކުރައްވައިފައެވެ. އަދި ހަމައެހެންމެ އެ މަނިކުފާނު ވަނީ މަދަރުސަތުލް އިފްތިތާޙުގައި ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައިފައެވެ.

މަދަރުސަތުލް އިފްތިތާޙުގައި ޢިމާރަތްކުރި ތިން ފަންގިފިލާގެ އައު ޢިމާރާތުގައި 10 ކްލާސްރޫމުގެ އިތުރުން، ސްޓާފްރޫމަކާއި އޯޑިއޯ ވިޜުއަލް ރޫމެއް ވެސް ހިމެނެއެވެ. ދައުލަތުގެ ބަޖެޓުން މިކަމަށް 713،369 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މި ޢިމާރާތުގެ މަސައްކަތް ނިމުނީ މިދިޔަ ނޮވެމްބަރުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ